• ޖަމްޢިއްޔަތުލް ފަލާޙަކީ 10 މާރިޗް 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީއަކީ، އަލްމަރުޙޫމް އަބޫބަކުރު އިބްރާހީމްއެވެ.
ވުޖޫދަށް ވެއްދުނު ދުވަސް: 1961
މި ޖަމްޢިއްޔާއިން އަންނަނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށްޓަކައި ތަފާތު ޙަރަކާތްތަކެއް ހިންގަމުންނެވެ. މިޙަރަކާތްތައް ފުޅާވެ އިތުރު ކަންތައްތައް ކުރުމަށްޓަކައި 20 ޖެނުއަރީ 1976 ގައި މަދުރަސަތުލް ފަލާޙް ގެ ނަމުގައި މަދަރުސާއެއް އުފެދި، ތުއްތު ކުދިންނަށް ޕްރީ ސްކޫލް ތަޢުލީމު ދިނުމަށް ޕްރީ ސްކޫލް ކިޔެވުން ފެއްޓިކުރިއަށް ދަމުންދެއެވެ. މިގޮތުން ކިޔަވައިދެމުން ގޮސް، މަދުރަސަތުލް ފަލާޙުގެ ނަން 25 ޑިސެމްބަރު 2001 ގައި ފަލާޙް ޕްރީ ސްކޫލް ގެ ނަމަށް ބަދަލު ކުރެވުނެވެ.
"" ހެޔޮ ކަންތަކަށް މަގު ދައްކާ މީހާ އެކަން ކުރާ މީހާ އާއި އެއްފަދައެވެ"."